logoEN
cocacola
އޭއެފްސީގެ ލަފަޔާއެކު ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލް

އޭއެފްސީގެ ލަފަޔާއެކު ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލް

ހަސަން ޝަމްއޫން

logo

1/10/2024, 8:11:16 PM

IMG_20240110_200713

މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ކްލަބް ވެލެންސިއާއިން ދީފައިވާ ތާއިދު ސިޓީ ކެންސަލް ކުރަން އިލެކްޓޯރަލް ކޮމިޓީން ނިންމައިފި އެވެ.

ގޮސިޔާ

އިލެކްޓޯރަލް ކޮމިޓީގެ މި ނިންމުމާއިއެކު އިންތިހާބުގައި ވާދަނުކުރަން ފޯމު ހުށަހަޅާފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިިން އަހުމަދު ތޯރިޓް (ޓޮމް)ގެ ކެންޑިޑެސޓީ ވަނީ ބާތިލް ވެފައެވެ. އެފްއޭއެމް ގެ އަސާސީ ގަވާއިދު ބުނާ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބެއްގެ ތާއިދު ހޯދަން ޖެހެއެވެ. ޓޮމް އަށް ތިން ކްލަބް ހަމަވެފައިވަނީ ކްލަބް ވެލެންސިއާގެ ސިޓީ ހިމަނައިގެންނެވެ.

ޓޮމް އާއިއެކު އިންތިޚާބުގައި ދެން ވާދަކުރާ ކްލަބް އީގަލްސްގެ ވައިސް ޗެއަރމަން މުފާވިޒް ހާޝިމް (މުފާ) ވަނީ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއްގެ ތާއިދު ސިޓީ ހުށައަޅާފައެވެ.

ކްލަބް ވެލެންސިއާގެ ޗެއަރމަން އަބްދުالله އަޒްމީން ސޮއިކޮށް ބޯޑު ރިޒޮލިއުޝަން އަކާއިއެކު ޓޮމް އަށް ތާއިދު ސިޓީ ދީފައިވާއިރު ވެލެންސިއާ އިން ވަނީ އެ ސިޓީ ދިނުމުގެ ކުރިން އަޒްމީން މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް ބުނެފައެވެ. އަދި މުފާއަށް ވެލެންސިއާއިން ދީފައިވާ ސިޓީ އަކީ ވައިސް ޗެއަރމަން އިލްމާއު ހުސެއިން ސޮއިކޮށްފައިވާ ސިޓީ އެކެވެ.

ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ތާއިދު ސިޓީ ދީފައިވާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފައެއް ހޯދުމަށް އިލެކްޓޯރަލް ކޮމިޓީން އޭއެފްސީގައި އެދުމުން އެ ދެ ސިޓީވެސް ކެންސަލް ކުރުމަށް އޭއެފްސީން މިއަދު އިލެކްޓޯރަލް ކޮމިޓީއަށް ލަފާ ދީފައިވާތީ އެކޮމެޓީން ނިންމީ ޓޮމްގެ ފޯމު ފުރިހަމަ ނުވާކަމަށެވެ.

ނަމަވެސް އިލެކްޓޯރަލް ކޮމިޓީގެ މި ނިންމުން އެޕީލް ކުރުމުގެ ފުރުސަތު އަހުމަދު ތާރިގު (ޓޮމް) އަށް އެބައޮތެވެ. އަދި ދެ ދުވަސް ތެރޭގައި އެޕީލް ކުރަން ޖެހޭނެ އެވެ. އަދި އެޕީލް ކުރާތާ ތިން ދުވަހުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހޭނެއެވެ.

ކުރިން އެފްއޭއެމްގެ ރައީސްކަން ކުރެއްވި ޓޮމްގެ އެކްސްކޯގައި ހިމަނާފައިވަނީ ނައިބު ރައީސަކަށް އިމްރާން މުހައްމަދު (ކީޕަރު)، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ)، މެމްބަރުންގެ ގޮތުގައި، އަހުމަދު ޝާހިރު، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، އަންހެން މެމްބަރެއްގެ ގޮތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އުލާ އިބްރާހިމް، މެމްބަރެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު މިފްތާހު އަދި މެމްބަރުންގެ ގޮތުގައި އަލީ ރިޒްވާން އާއި އަބްދުﷲ ނާސިހު އެވެ.

ކްލަބް އީގަލްސް ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްފައިވާ މުފާގެ ހިންގާ ކޮމިޓީގައި ދެން ހިމެނެނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި އިސްމާއީލް ޝަފީއު (އިއްސެ) އާއި މުހައްމަދު ހަސަން, އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ، މަރްޔަމް މިރްފަތު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ