logoEN
ޕީއެންސީ 2
މިރޭވެސް މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު

މިރޭވެސް މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު

އައިޝަތު އިފާޝާ

logo

12/31/2023, 6:32:29 PM

Yellow Alert

މޫސުން ގޯސްވެ އަނެއްކާވެސް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ޝަރީ 2024

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ޅ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށެވެ. މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ 17:30 އިން ފެށިގެން 21:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮޮތުގައި ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އެގޮތުން ފ ނިލަންދޫ، ކ ގުރައިދޫ، ލ ގަން އަދި ފޮނަދޫ އާއި މަރަދޫގެ އިތުރުން މާލެ އަދި ގުރައިދޫއަށް ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މީގެ ކުރިން ބުނެފައިވެއެވެެ. އަދި ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަނަކަށް މީހުން ބަދަލުވެފައިވާ ކަމަށްވެސް އެންޑީއެންއޭއިން ބުނެއެވެ.

އޭގެ އިތުރުން މާލޭގައި ފެންބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުން އަންނަ ކަމަށާއި، މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ