
White Alert
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލުނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ.
އެ ސަރަހައްދުތަަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 15:30 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.
މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.