logoEN
Sto top
އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފުވެގެން އެސްޓާސް ބަންދުކޮށްފި

އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފުވެގެން އެސްޓާސް ބަންދުކޮށްފި

އަހުމަދު ޝުރާއު

logo

3/13/2021, 4:49:53 PM

unnamed

ހެލްތް ޕްރޮޓަކްޝަންގެ ގައިޑްލައިންތަކާއި ހިލާފުވުމާއި ގުޅިގެން އެސްޓާސް ބަންދުކޮށްފި އެވެ.

Wamco

އެސްޓާސްއިން ވަނީ މާލޭގައި ހުންނަ އެސްޓާސްގެ މައި ފިހާރަ އެޗްޕީއޭގެ އުސޫލުތަކާއި ހިލާފުވެގެން ބަންދުކުރިކަން ފޭސްބުކްގައި އިއުލާންކޮށްފައިއެެވެ. އެސްޓާސް ބަންދުކޮށްފައިވަނީ މިހާރު އެޗްޕީއޭއިން ކުރިޔަށްދާ އިންސްޕެކްޝަންގެ ތެރެއިން އުސޫލުތަކާއި ހިލާފަށް ހިދުމަތް ދެމުންދާތީ ކުރިޔަށްގެންދިޔަ އިންސްޕެކްޝަނަށް ފަހު އެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އާންމުކުރި އުސޫލުތަކާއި އެއްގޮތަށް އެތަނުގެ ކަންތައްތަށް އިސްލާހުކުރުމަށް ވަނީ އެޗްޕީއޭއިން އަންގާފައި އެވެ. އަދި 24 ގަޑިއިރު ފަހުން ތަން އިންސްޕެކްޓްކޮށް މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ކަށަވަރުކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހިދުމަތް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ދެވޭނެ ކަމަށްވެސް އެޗްޕީއޭގެ ލިޔުމުގައި ވަނީ އެސްޓާސްއަށް އަންގާފައި އެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅާއެކު ފެށި މާސް އިންސްޕެކްޝަންގައި މިހާތަނަށް 2400ށް ވުރެ ގިނަ އާއްމު ޚިދުމަތްތައް ދޭ ތަންތަން ބެލިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފިއެވެ. އެޗްޕީއޭން މި މާސް އިންސްޕެކްޝަން ކުރިއަށް ގެންދަނީ އާއްމު ޚިދުމަތް ދޭތަންތަނުން ކަނޑައަޅާފައިވާ ގައިޑްލައިންއާއި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމުގެ އިތުރުން އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

ގައިޑްލައިންއާ ފުރަތަމަ ފަހަރަށް ހިލާފުވުމުން ދެވޭނީ ވައިޓް ނޯޓިސް އެކެވެ. އެއީ ނަސޭހަތްތެރިވުމުގެ ގޮތުން ނޯޓިސްއެއް އެކެވެ. ދެވަނައަށް ދެވޭ ރެޑް ނޯޓިސްއަކީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ދެވޭ ނޯޓިސްއަކަށް ވާއިރު ދެވަނަ ފަހަރު ދެވޭ އިންޒާރުއާއެކު ކުށް ތަކުރާރު ކޮށްފިނަމަ ޖޫރިމަނާ ކުރާ ގޮތަށް އޮތް ނަމަވެސް މިހާރު އެއުސޫލު ވަނީ ބަދަލުކޮށްފައިއެވެ. އަދި ތިން ވަނަ މަރުހަލާގައި އެތަނެއް 24 ގަޑިއިރަށް ބަންދުކުރާނެ ކަމުގެ އިންޒާރު އެޗްޕީއޭއިން ވަނީ ދީފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside