logoEN
Sto top
ކޮނޑޭގައި ސޯލާއިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ: މިނިސްޓަރު ޑރ ހުސެއިން

ކޮނޑޭގައި ސޯލާއިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ: މިނިސްޓަރު ޑރ ހުސެއިން

އަހުމަދު ޝުރާއު

logo

3/12/2021, 2:50:53 PM

IMG_2378

އިރުގެ އަލިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މި އަހަރު ކޮނޑޭގައި ފެށިގެން ދާނެ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ޑރ . ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

Wamco

ގްރީން ކްލައިމެޓް ފަންޑުންނާއި އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީއިން ފަންޑްކޮށްގެން ދިވެހި ސަރުކާރުން ގއ ކޮނޑޭގައި ޤާއިމު ކޮށްފައިވާ ވާރޭ ފެނުގެ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރުމަށް ކޮނޑޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޑރ ހުސެއިން ވިދާޅުވިގޮތުގައި ކޮނޑޭގައި ސޯލާ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ބަޖެޓްވަނީ މިސަރުކާރުން ހޯދައިދީފައި ކަމަށެވެ. އަދި މާގިނަދުވަސްތަކެއް ނުވެ މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި މި މަޝްރޫއު އަކީ ދިވެހި ސަރުކާރާއި، ޔޫއެންޑީޕީ އާއި ގްރީން ކްލައިމެޓް އާއި އެކު ކުރިޔަށް ގެންދާނެ މަޝްރޫއެކެވެ.

ސަރުކާރުން އަންނަނީ އާބާދީ ކުޑަ ރަށްރަށުގައި އިރުގެ އަލިން ކަރަންޓް އުފެއްދުމަށްޓަކައި މަޝްވަރާތަށް ކުރަމުންނެވެ. އަދި މިއަހަރު ތެރޭގައި ބައެއް ރަށްރަށުގައި މި މަސައްކަތް ކުރުމަށްޓަކައި ވަނީ ބަޖެޓްވެސް ކުރެވިފައިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރ ހުވަދު އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވަނީ ގއ. އަދި ގދ. ގައި ހިމެނޭ އަށް ރަށެއްގައި ގާއިމުކުރި ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމު، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިއެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަކީކޯ ފުޖީވެސް ވަނީ ބައިވެރިވަޑައިގެންފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside