logoEN
Sto top
ޓިކްޓޮކް އިން އެންޓި ބުލީ  އާ ފީޗަރސްތަކެއް ތަޢާރަފްކޮށްފި

ޓިކްޓޮކް އިން އެންޓި ބުލީ އާ ފީޗަރސްތަކެއް ތަޢާރަފްކޮށްފި

ގާފު އެޑިޓޯރިއަލް

logo

3/12/2021, 10:30:31 AM

ގ

ޓިކްޓޮކްގެ ކޮމެންޓްތަކުން ހިތްހޮޔޮކަން ފަތުރައި، ބުލީކުރުން ހުއްޓުވުމަށް ޚާއްސަ ފީޗަރސްތަކެއް ޓިކްޓޮކްއިން ތަޢާރަފްކޮށްފިއެވެ. މި ޚާއްސަ އާ ފީޗާރސްތަކުގެ އެހީގައި، ޓިކްޓޮކްގައި ހިއްސާކުރެވޭ ވީޑިއޯތަކަށް ކޮމެންޓް ކުރުމުގައި އިޙްތިރާމްކުޑަވާގޮތަށް ކުރާ ކޮމެންޓްތަކާއި، ރުޅިވެރިކަން ފެތުރޭފަދައިން ކުރާ ކޮމެންޓްތައް ހުއްޓުވުމަށް ބާރުއަޅައި ދެއެވެ.

Wamco

ޓިކްޓޮކްއިން ތަޢާރަފްކޮށްފައިވާ އާ ފީޗާރސްތަކުގެ މައިގަނޑު މަޤްސަދަކީ ޓިކްޓޮކް މެދުވެރިކޮށް ބުލީކުރުން ހުއްޓުވައި، ޓިކްޓޮކް ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަށް އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއިއެކު، ހިތްހެޔޮކަން ފެތުރުމަށް ބާރުއެޅުމެވެ.

ބުދަދުވަހު ޓިކްޓޮކް ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުން، އެންމެ ފަހުގެ އަޕްޑޭޓާއެކު ޓިކްޓޮކްގެ އެންމެ ފަހުގެ އާ ދެފީޗާރސް މަސައްކަތްކުރާނެއެވެ. މި އާ ފީޗާރސްތަކުގައި ޓިކްޓޮކުން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި، އަދި ޕޮޒިޓިވް މާހައުލެއް އެޕްގެ އެހީތެރިކަމާއެކު ހޯދައިދީ، ޓިކްޓޮކްގެ ބޭނުން ބޭނުންކުރާ ފަރާތްތައް އެންމެ ރަނގަޅަށް ހިފުމަށެވެ. އާ ފީޗާރސްތަކުގެ އެހީގައި، ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ތަޖުރިބާ އާއި އިހްސާސްތައް ވަކި ކޮންޓްރޯލެއްގެ ދަށުން ހިއްސާކުރުމަށް އެހީތެރިކަމެއް ލިބިގެން ދާނެއެވެ.

ފުރަތަމަ ޓޫލްގެ އެހީގައި ވީޑިއޯއަށް އެހެން ފަރާތްތަކުން ކޮށްފައިވާ ކޮމެންޓްތައް ފިލްޓާ ކޮށް، ޕަބްލިޝްވުމުގެ ކުރިން، އެހެން ފަރާތްތަކަށް ފެންނަން ބޭނުންވާ ކޮމެންޓްތަކާއި، ފެންނަން ބޭނުން ނުވާ ކޮމެންޓްތައް ޕޯސްޓުން އިޚްތިޔާރުކުރެވޭނެއެވެ. ވީޑިއޯ ޕަބްލިޝްކުރާ ފަރާތަށް ކޮމެންޓްތައް އެޕްރޫވްކުރުމުގެ އިޚްތިޔާރު ލިބިގެން ދެއެވެ. އަދި ބޭނުންނުވާ ކޮމެންޓެއް ޑިލިޓްކޮށްލުމުގެ އިޚްތިޔާރުވެސް ވީޑިއޯ ޕޯސްޓްކުރާ ފަރާތައް ލިބިގެންދެއެވެ. ޓިކްޓޮކްގެ ސްޕޯކްސްޕާސަން ހާމަކޮށްފައިވާ ގޮތުގައި، ކޮމެންޓް އެޕްރޫވް ކުރިޔަސް އަދި ކޮމެންޓް ޑިލީޓް ކޮށްލުމުންވެސް ކޮމެންޓްކުރާ ފަރާތަށް އެއްވެސް ނޮޓިފިކޭޝަނެއް ލިބިގެން ނުދާނެއެވެ.

undefined

ދެވަނަ އާ ފީޗާއަކީ "ރީ ތިންކް" ފީޗަރ އެވެ. ޓިކްޓޮކްގެ އިޖުމާއި މިންގަޑާއި ޚިލާފު އެއްވެސް ކޮމެންޓެއް، ކޮމެންޓްކުރާ ފަރާތަކުން ޝެއަރ ކުރުމަށް މަސައްކަތް ކުރާނަމަ ނުވަތަ، ރުޅިވެރިކަން ފަތުރާ މެސެޖެއް ޕޯސްޓް ކުރަން ޓައިޕް ކުރުމުން، ޕޮޕްއަޕް މެސެޖެއް ކޮމެންޓް "ރީކޮންސިޑަރ ކުރުމަށް" އަންނާނެއެވެ. މީގެ ސަބަބުން ކޮމެންޓް ކުރާ ފަރާތަށް އެކޮމެންޓާ ދޭތެރޭ ވިސްނުމަށް ފުރުޞަތު ހުޅުވާލެވޭނެއެވެ. އަދި ބަދަލު ކުރަން ބޭނުން ނޫންނަމަ، "ޕޯސްޓް އެނީވޭ" މި އޮޕްޝަން އޮންނާނެއެވެ.

undefined

"ޓިކްޓޮކްގެ ފޯކަސްއަކީ، ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި، މުނިފޫހި ފިލުވުމުގެ ތަޖުރިބާ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ލިއްބައި ދިނުމާއެކު، އެކަކު އަނެކެއްގެ ގުޅުން ބަދަހިކޮށް ހިތްހެޔޮކަމާއި އުފާވެރިކަން ފެތުރުމެވެ." ޓިކްޓޮކް ޔޫ.އެސްގެ ޑައިރެކްޓަރ އޮފް ޕޮލިސީ، ތާރާ ވާދްވާ ހާމަކުރެއެވެ. ތާރާ އިތުރަށް ވިދާޅުވާ ގޮތުގައި "ޓިކްޓޮކްގެ އަމާޒަކީ، އާ ފީޗާރސްތަށް މެދުވެރިކޮށް، ބޭނުންކުރާ ފަރާތްތަކުގެ، އުފެއްދުންތެރިކަން ކުރިއަރުވައި، އިޖްތިމާޢީ ގުޅުންތައް ބަދަހިކޮށް، ހިތްހެޔޮކަން ފަތުރައި، އިޙްތިރާމާއި ލޯބި ޓިކްޓޮކް ޕްލެޓް ފޯމްގެ ޒަރީއާއިން ފެތުރުމެވެ."

ވީޑިއޯ ހިއްސާކުރުމަށް ޚާއްސަކޮށްގެން ފަރުމާކުރެވިފައިވާ ޓިކްޓޮކް އެޕްލިކޭޝަން އިން، ބުލީކުރުން ހުއްޓުވުމަށް ސައިބާ ބުލީއިންގް ރިސާރޗް ސެންޓަރ (ސީ.އާރު. ސީ) އާއި ޕާޓްނާޝިޕް ވަނީ ހަދާފައެވެ.

ސައިބާ ބުލީއިންގް ރިސާރޗް ސެންޓަރ (ސީ.އާރު. ސީ) ގެ ޑިރެކްޓަރ ޑރ. ސަމީރު ހިންޖުއާ ޕްރެސް ރިލީސެއްގައި ހާމަކޮށްފައިވާ ގޮތުގައި ޓިކްޓޮކްގެ މިޚާއްސަ އެންޓި ބުލީއިންގެ މިއިސްނެގުމާމެދު ވަރަށްބޮޑަށް ހިންހަމަޖެހޭ އަދި ސައިބަރ ބުލީއިންގްއަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެކަމެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. ޓިކްޓޮކްގެ އާ "ކޮމެންޓް ފިލްޓަރ" އަދި "ރީތިންކް" ފީޗާރސް އަކީ ހިތްހެޔޮކަން ފެތުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ޓިކްޓޮކް އާއި ގުޅިގެން، ސައިބަރ ބުލީއިންގް ހުއްޓުވުމުގެ އާ ގޮތްތަށް ހޯދުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާނެކަންވެސް ސަމީރު އިތުރަށް ހާމަކުރައްވާފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside