
ޑްރަގް ބޮޑެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ޝަރީއަތް ނިމެންދެން ބަންދަށް!
271616_3_2afc11d98bb8292796c466d14ca1984d97718d0a_large
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޑްރަގް ނެޓްވޯކެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހައިކޯޓުން އަމުރު ނެރެފި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފައިވާއިރު އެމައްސަލާގައި ދައުވާކުރި މީހުންގެ ތެރޭގައި އަރުޝަދު ހިމެނެއެވެ. އެ މައްސަލައިގައި ފުލުހުން އަރުޝަދު، 25، އަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ބައިވެރިވުމުގެ ތުހުމަތެވެ. އެކަމަކު، ވައްކަންކުރުމާއި ބިރުދެއްކުމުގެ ރެކޯޑު އޮންނަ އަރުޝަދު މިދިޔަ މަހު ދޫކޮށްލީ ބަންދުކުރަން ނެރެފައިވާ އަމުރު މުރާޖާ ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
މި އޮޕަރޭޝަންގައި 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.
އަރުޝަދު ވަނީ މީގެކުރިން، ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލާފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ވެސް އޭނާ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަން އަމުރު ނެރުމުންވެސް ކްރިމިނަލް ކޯޓުން ނިންމީ އޭނާ ދޫކޮށްލުމަށެވެ. އޭނާ ދެވަނަ ފަހަރަށް ދޫކޮށްލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލަ އިސްތިއުނާފް ކުރަން ފޮނުވީ އޭގެ ތިން ދުވަސް ފަހުންނެވެ.