logoEN
cocacola
ސްކޫލް ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި ކުރިމަތިލުމުގެ ފުރުސަަތު ހުޅުވާލައިފި

ސްކޫލް ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި ކުރިމަތިލުމުގެ ފުރުސަަތު ހުޅުވާލައިފި

އައިޝަތު އިފާޝާ

logo

12/11/2023, 7:37:00 PM

GMG_3576

ސްކޫލް ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި ކުރިމަތިލުމުގެ ފުރުސަަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ގޮސިޔާ

އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގްރޭޑް 12،11،10 ގައި ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤްހުގެ ބައިތަކަށް އަހުލުވެރިވާ ދަރިވަރުންނަށް، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް މި މިނިސްޓްރީން ނިންމާފައިވާތީ، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް އެދި ހުށަހަޅަންވާނީ، އެ ވުޒާރާއިން ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ފޯމު މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ކުރި އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އެކަމަށް އެދި ދަރިވަރުން އެދި ހުށަހަޅާ ފޯމު އެ ވުޒާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ

ޤުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްގެ ކޮޕީ

ސްކޫލްގައި އުޅޭނަމަ ލިޔުން

ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން (18 އަހަރު ފުރިފައި ނުވާނަމަ)

މިކަމަށް އެދޭ ދަރިވަރުން 29 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެވުޒާރާއަށް ފޯމު ހުށަހެޅުއްވުމަށް އެދިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ