logoEN
cocacola
ކޯޓު އަމުރަކާ ގުޅިގެން ތިނަދޫ ކަނބަލުންގެެ ފުޓްސަލް މުބާރާތް ފަސްކޮށްފި

ކޯޓު އަމުރަކާ ގުޅިގެން ތިނަދޫ ކަނބަލުންގެެ ފުޓްސަލް މުބާރާތް ފަސްކޮށްފި

އަޙްމަދު ޖަމީލު

logo

11/16/2020, 6:25:30 PM

124986959_3716782618342356_8968924018485202533_n

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރެއްގެ ސަބަބުން ތިނަދޫގައި މިރޭ ފަށަން އޮތް ތިނަދޫ ޔޫތް ފުޓްބޯލް ކްލަބްގެ "ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020" އަންނަ ހުކުރު ދުވަހަށް ފަސްކޮށްފިއެވެ.

ގޮސިޔާ

ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ވައްދާފައިވަނީ މުބާރާތުގައި ބައިވެރިވާ އޭބީވައިޓީ ޓީމުންނެވެ. އެމައްސަލައާ ގުޅޭ ގޮތުން އޭބީވައިޓީގެ މެނޭޖަރ, މަރިޔަމް ޝައްފާފް ބުނީ, ކޯޓަށް މައްސަލައެއް ހުށަހެޅީ މުބާރާތުގެ ގަވާއިދުގައި އޮތް މާއްދާއަކާ ގުޅިގެން ކަމަށެވެ.

"ގަވާއިދުގަ އޮންނަނީ ކުޅުން ތެރިން ވާން ޖެހޭނީ 1 ޖެނުއަރީ 2020 ގެ ކުރިން މުބާރާތުގައި ކުޅެވޭނީ ތިނަދޫގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި ރަށުން ބޭރު މީހެއް ނަމަ ތިނަދޫގައި ވަޒީފާ އަދާ ކުރާ ފަރާތެއް ކަމުގައި ވުން. އަދި ތިނަދޫ މީހަކާ އިނދެގެން ނުވަތަ ތިނަދޫގައި ދިރިއުޅޭ މީހެއް ކަމަށްވާން ޖެހޭ ކަމަށް. އެެއްވެސް ހާލަތެއްގައި ނެތް ޓާމްތަކަށް ރަށުން ބޭރަށް ދާން ޖެހޭ މީހަކަށް ނުކުޅެވޭޭނެޔެ," ޝައްފާފް ބުންޏެެވެ.

ޝައްފާފް ބުނި ގޮތުގައި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައިވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެެ މުވައްޒަފެކެވެ. އަދި ޓީމް ލިސްޓު ހަވާލުކުރި އިރު އެ ކުޅުންތެރިޔާ ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ކަމުގެ ލިޔުމާއި, ތިނަދޫގައި ދިރިއުޅޭ ކަމުގެ ލިޔުންވެސް ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެެ.

"ތިނަދޫ ޕޮލިސް ސްޓޭޝަނުން ލިބިފަ އެބައިން މިދިޔަ އަހަރުގެ 24 ޑިސެމްބަރުން ފެށިގެެން އެެ ސްޓޭޭޝަނުގަ މަސައްކަތް ކުރާ ކަމަށް. ކައުންސިލުން ލިޔުން ލިބިފަ އެެބައިން ތިނަދޫގައި ފުލުހުން ތިބޭ އެކޮމޮޑޭޝަންގައި ދިރިއުޅޭކަމުގެ ލިޔުން," ޝައްފާފް ބުންޏެވެ.

ޝައްފަ ބުނި ގޮތުގައި އެ މައްސަލަ ކޯޓަށް ވެއްދީ އެ ކުޅުންތެރިޔާއަށް އިންސާފު ހޯދައިދީ މުބާރާތުގައި ކުޅެވޭނެެ ގޮތް ހެދުމުގެ އުއްމީދުގައި ކަމަށެވެ. އަދި މުބާރާތުގެ ގަވާއިދުގައި އޮތް އެ މާއްދާ އާ ގުޅިގެން އެކަށީގެންވާ ޞަރީޙަ މައުލޫމާތު, ތިނަދޫ ޔޫތް ފުޓްސަލް ކްލަބުގެެ މުބާރާތް ހިންގާ ކޮމެޓީން ހާމަކޮށްފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިކަމާއި ބެހޭގޮޮތުން މުބާރާތް އިންތިޒާމް ކުރާ ފާރާތުގެ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.

ނަމަވެސް ތިނަދޫ ޔޫތް ފުޓްސަލް ކްލަބުގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ މުބާރާތުގައި ބައިވެރިވާ ޓީމަކުން ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ބަލައި ނިމެންދެން މައްސަލަ ހުށައެޅި ޓީމްގެ މެޗްތައް ލަސްކުރުމުގެ ވަގުތީ އަމުރެއް ނެރެފައިވާތީ އެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން މުބާރާތް ލަސް ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓީމްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ