
IMG_4505
ތިނަދޫ ކައުންސިލް އަދި ޑަބްލިޔުޑީސީ ފުޓްސަލް ފިއެސްޓާގައި ކުޅުނު ފުރަތަަމަ މެޗުގައި 7-0 ގެ ނަތީޖާއަކުން ނިންޖާ ބްރޯސް އަތުން އައުޓްލޯޒް މޮޅުވި މެޗުގައި އަޔާޒުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު، އެނބުރި އައިސް އޭނާ ކުޅުނު ފުރަތަަމަ މެޗެވެ.

މިއަހަރުގެ ކުރީކޮޅު ލިބުނު އަނިޔާއަކާއި ގުޅިގެން އަޔާޒު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު، 6 މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އަނިޔާ އިން ރަނގަޅުވެ ކުޅުނު ފުރަތަަމަ މެޗުގައި ވެސް އަޔާޒުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗުގައި އަޔާޒު ވަނީ ލަނޑެއް ޖެހުމުގެ އިތުރުން އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.
އެންމެ ފަހުން ބޭއްވުނު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެންޕިއަންކަން ގދ. ވާދޫއަށް ހޯދައި ދިނުމުގެ އިތުރުން މުބާރާތުގެ ފައިނަލަށް އެޓީމު ގެންގޮސްދިނުމުގައި އަޔާޒު ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ.