logoEN
cocacola
ޔޫރޯ24 ގުރުލުން: ފުރަތަަމަ މެޗުގައި ސްކޮޓްލޭންޑާއި ޖަރުމަނު

ޔޫރޯ24 ގުރުލުން: ފުރަތަަމަ މެޗުގައި ސްކޮޓްލޭންޑާއި ޖަރުމަނު

ހަސަން ޝަމްއޫން

logo

12/3/2023, 7:04:01 AM

IMG_20231203_014441

ގޮސިޔާ

އަންނަ އަހަރުގެ ޖޫން މަހު ޖަރުމަނުވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ24 ގުރުލުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވިއިރު، މުބާރާތުގެ ފުރަތަަމަ މެޗުގައި ޖަރުމަނާއި ދެކޮޅަށް ސްކޮޓްލޭންޑް ނުކުންނަން ޖެހިއްޖެއެވެ.

ޖަރުމަނުގެ ހަމްބާގްގައި މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި އެކު ގްރޫޕް އޭގައި ހިމެނުނީ ހަންގޭރީ، ސްކޮޓްލޭންޑް އަދި ސުވިޒަލޭންޑް އެވެ. ޖަރުމަނާއެކު މުބާރާތް ހުޅުވައިދޭނެ ގައުމަކަށް ހަމަޖެހުނީ ސްކޮޓްލޭންޑެވެ.

ގްރޫޕް ބީގައި ހިމެނުނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕޭން އާއި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި އަލްބޭނިއާގެ އިތުރުން ކްރޮއޭޝިޔާ އެވެ. މީގެ ތެރެއިން އިޓަލީ އާއި ސްޕޭނަކީ 2012 ވަނަ އަހަރުގެ ފައިނަލް ކުޅުނު ދެ ޓީމެވެ. އެ ފަހަރު ސްޕޭން ތަށި ދިފާއު ކުރީ 4-0 ގެ ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހު އެވެ.

ގްރޫޕް ސީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް އިންގްލޭންޑް އާއި ޑެންމާކްގެ އިތުރުން ސްލޮވީނިއާ އާއި ސާބިއާ އެވެ.

ގްރޫޕް ޑީގައި ހިމެނެނީ 2000 ވަނަ އަހަރުގެ ޔޫރޯ ޗެންޕިއަން ފްރާންސް އާއި އޮސްޓްރިއާ އަދި ނެދަލޭންޑްސް އެވެ. އަދި މިގުރޫޕްގެ ފަހުޖާގަ ލިބޭނީ ޕޮލެންޑް، ވޭލްސް، ފިންލެންޑް އަދި އެސްޓޯނިއާގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރި ހޯދާ ޓީމަކަށެވެ.

ގްރޫޕް އީގައި ހިމެނެނީ ބެލްޖިއަމް އާއި ރޫމޭނިއާ އަދި ސްލޮވާކިޔާ އެވެ. އަދި މިގްރޫޕުގެ ފަހު ޖާގަ ލިބޭނީ އިޒްރޭލް، ބޮސްނިއާ، ޔުކްރޭން އަދި އައިސްލޭންޑްގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރި ހޯދާ ޓީމަކަށެވެ.

ގްރޫޕް އެފްގައި ހިމެނެނީ 2016 ވަނަ އަހަރުގެ ޗެމްޕިއަން ޕޯޗުގަލް އާއި ތުރުކީ އާއި ޗެކްރިޕަބްލިކެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ޖޯޖިއާ، 2004ގެ ޗެމްޕިއަން ގްރީސް، ކަޒަކްސްތާން، ލަގްޒެމްބާގްގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރި ހޯދާ ޓީމަކަށެވެ.

ޖަރުމަނުގެ 10 ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ޖޫން 14 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ