
އައްޑޫގައި ހިނގި މާރާމާރީއާއި ގުޅިގެން ފުލުހުންގެ އިތުރު ޓީމްތަކެއް އައްޑޫއަށް ފޮނުވަނ
Screenshot 2023-12-02 at 23.01.07
އައްޑޫ ސިޓީގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން ފުލުހުންގެ އިތުރު ޓީމްތަކެއް އައްޑޫއަށް ފޮނުވަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެެފި އެވެ.

ފުލުހުން ވަނީ މާލޭގައި މިދިޔަ ބުރާސްފަތިދުވަހު ހިނގި މާރާމާރީއާއި ރޭ އައްޑޫ ސިޓީގައި ހިނގި މާރާމާރީއާއި ގުޅިގެން ދާދި ދެންމެ އަކު ނޫސް ބަޔާނެއް ނެރެފައި އެވެ.
އެގޮތުން ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ 29 ނޮވެމްބަރު ގައި މާލެ ސިޓީގައި ހިނގި މާރާމާރީއާއި 1 ޑިސެމްބަރުގައި އައްޑޫ ސިޓީގައި ހިނގި މާރާމާރީއާއި ގުޅިގެން މާލެއާއި އައްޑޫގައި ސަލާމަތާއި ރައްކާތެރިކަން ބަލެހެއްޓުމުގެ ގޮތުން ޙާއްސަ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
އެގޮތުން އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމްތަކެއް އައްޑޫސިޓިއަށް ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މާރާމާތިއާއި ގުޅުންހުރި ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތު ދުވަހު މާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައި އެވެ. އަދި ރޭގައި އައްޑޫގައި ހިނގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު އެމާރާމާރީގައި އުމުރުން 30 އަހަރުގެ ދިވެހި ޒުވާނަކު ޒަހަމްކޮށްލާފައިވެއެވެ. އެގޮތުން ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.