logoEN
cocacola
ފަހަތުން އަރައި ވެލެންސިއާ ބަލިކޮށް ޖިރޯނާ އަލުން އެއްވަނައަށް

ފަހަތުން އަރައި ވެލެންސިއާ ބަލިކޮށް ޖިރޯނާ އަލުން އެއްވަނައަށް

ހަސަން ޝަމްއޫން

logo

12/2/2023, 9:33:34 PM

IMG_20231202_213246

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް ޖިރޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ޖިރޯނާ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރި ނަމަވެސް މި ހާފުގައި ވެލެންސިއާ ގެ ގޯލާއި އަމާޒުކޮށް އެޓީމަށް މާނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް މިހާފުގައި ވެލެންސިއާ އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ވެލެންސިއާ އިންނެވެ. އެގޮތުން މިހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ހޫގޯ ޑިޔުރޯ އެވެ.

ނަމަވެސް ވެލެންސިއާގެ ލަނޑަށްފަހު ޖިރޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ފޯވާޑް ކްރިސްތިއަން ސްޓުއާނީ އެވެ. އަދި މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ސްޓުއާނީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އެޓީމަށް ފުރަތަަމަ ފަހަރަށް ލީޑު ހޯދި ދީފައެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޖިރޯނާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 15 މެޗުން ޖިރޯނާ އަށް 38 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ 35 ޕޮއިންޓާއެކު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެލެންސިއާ ލީގުގައި ކުޅުނު 15 މެޗުން ހޯދި 19 ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނައިގައެވެ. އަދި މިރޭ ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ގްރަނާޑާ އާއި ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އެޓީމަށް އަލުން ލިބޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ