logoEN
Sto top
މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު އާޒިމްއަށް

މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު އާޒިމްއަށް

އަހުމަދު ޝުރާއު

logo

12/2/2023, 3:54:41 PM

Screenshot 2023-12-02 at 15.54.14

ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އާދަމް އާޒިމްއަށް ލިބިއްޖެ އެވެ.

Wamco

އެމްޑީޕީ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި އާދަމް އާޒިމްއަށް އެމްޑީޕީގެ ޓިކެޓު ލިބުނީ މޭޔަރު ކަމުގެ ޕްރައިމެރީއަށް އެޕާޓީއިން އިތުރު ބޭފުޅަކު ކުރިމަތި ލައްވާފައިނުވާތީ އެވެ. މިއާއި އެކު މޭޔަރުކަމަށް ކެނޑިޑޭޓަކު ހޮވުމަށް އެޕާޓީއިން އިތުރު ޕްރައިމެރީއެއް ނުބާއްވާނެ އެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަގާމްތަކަށް ޝައުގުވެރިކަންފާޅު ކުރުމަށް އެމްޑީޕީން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ކޮންމެ ދާއިރާއަކަށްވެސް އެއް ކެންޑިޑޭޓް ކަމަށް އެ ޕާޓީން ބުނެއެވެ.

އެގޮތުން ޕާޓީގެ ޓިކެޓު ލިބޭ ފަރާތްތަކަކީ

މެދު ހެންވޭރު ދާއިރާއަށް - އަހުމަދު ރިޝްވާން ރަޝީދު

ހެންވޭރު ދެކުނު ދާއިރާއަށް - ހައްވާ ނިހްލާ

މާފަންނު ދެކުނު ދާއުރާއަށް - އަހުމަދު އިމްރާން

އެމްޑީޕީން ބުނީ މި ދާއިރާތަކަށްވެސް އިތުރު ބަޔަކު ކުރިމަތިލާފައިނުވާތީ ޕްރައިމެރީއަކާ ނުލާ އެ މީހުންނަށް ޕާޓީ ޓިކެޓް ހަވާާލުކުރަން ނިންމާފައިވާ ކަމަށެވެ.

މާލޭ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެކަން ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ކުރިން އިއުލާން ކުރެއްވިއެވެ. ނަމަވެސް ކުރިމަތި ލުމުގެ މުއްދަތު ހަމަވި އިރުވެސް މަހްލޫފް ޕްރައިމެރީގައި ވާދަކުރުމަށް ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ.

އާޒިމް އާއި އެކު މޭޔަރު ހޮވުމުގެ އިންތިހާބުގައި ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަނާއި ޑޮމޮކްރެޓްސް އާއި ރައީސް ޔާމީން އަލަށް އުފެެއްދެވި ޕީއެންއެެފްއިން ވާދަކުރާނެކަން ވަނީ އެޕާޓީތަކުން އިއުލާނުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside