logoEN
cocacola
ފުރަތަމަ ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމުން ޕީޕީއެމް/ޕީއެންސީގެ މަރުޙަބާ ރައީސަށް!

ފުރަތަމަ ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމުން ޕީޕީއެމް/ޕީއެންސީގެ މަރުޙަބާ ރައީސަށް!

އަހުމަދު ޝުރާއު

logo

12/2/2023, 3:42:48 PM

331672_ba4c051f-a_

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއި އެކު ނިންމަވާލެއްވުމުން ޕީޕީއެމް/ޕީއެންސީއިން ރައީސްއަށް މަރުހަބާ ދަންނަވައިފި އެވެ.

ގޮސިޔާ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ރަސްމީ ދަތުރު ފުޅެއްގައި ވަޑައިގެންފައިވަނީ ތުރުކީވިލާތަށާއި، އދ.ގެ ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށެވެ. މިދަތުރުފުޅުގައި އެމަނިކުފާނުވަނީ ތުރުކީ ވިލާތުގެ ވެރިންނާއި، ކޮޕް 28ގެ ބައިވެރިވި ތަފާތު އެކި ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާފައެވެ.

މިއާއި އެކު ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްގީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމަށް ވެގެން ދިއުމަށް އަބަދުވެސް އުންމީދުކުރާ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެ ކޯލިޝަންގެ ހުރިހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

View post on Twitter

ރައީސްގެ ދަތުރުފުޅުގައި ބޭރުގެ އިސްފަރާތްތަކާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި، އެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައް ވަނީ އެމަނިކުފާނު ކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ގައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރެއްވުމުގެ މަޝްވަރާތައް ވެސް ކާމިޔާބުކަމާއެކު ކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ