
addu-city-hithadhoo-6-of-9-876x657
އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕް މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާކަމަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްވި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.