logoEN
Sto top
ރައީސް މުއިއްޒު ޕާކިސްތާނު ވަގުތީ ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު ޕާކިސްތާނު ވަގުތީ ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

12/2/2023, 1:37:19 PM

Screenshot 2023-12-02 at 13.36.47

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ޕާކިސްތާނުގެ 8 ވަނަ ވަގުތީ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 28 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަޤާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ މަސްލަހަތާއި، އެއްބައިވަންތަކަމުގެ އަސާސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާވެވަޑައިގެންނެވި ވައުދު ފުއްދުމަށް ޓަކައި، އެކުގައި މަސައްކަތް ކުރެއްވުމަށް ވެސް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside