logoEN
Sto top
މީސްލްސް ވެކްސިންގެ ގައުމީ ކެމްޕެއިން އަލުން ފަށައިފި

މީސްލްސް ވެކްސިންގެ ގައުމީ ކެމްޕެއިން އަލުން ފަށައިފި

އައިޝަތު އިފާޝާ

logo

12/2/2023, 11:27:23 AM

GASJ0n7aEAAEi-h

ހިމަބިހި އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އަލުން ފަށައިފިއެވެ.

Wamco

މިކެމްޕެއިން އިފްތިތާޙްކޮށްދެއްވާފައިވަނީ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއްކަމަށާއި ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭ ކަމަށެވެ.

އަލަށް ފެށި ކެމްޕޭނުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމެވެ.

އަދި ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މިކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ.

View post on Twitter

އެޗްޕީއޭއިން ވިދާޅުވީ އެކެމްޕެއިނާއެކު، ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.

އަދި މިހާރުގެ ގައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން ނުވަ މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside