logoEN
cocacola
ރައީސްގެ އަމާޒު، ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން

ރައީސްގެ އަމާޒު، ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން

އަލްފާ އަލީ

logo

12/2/2023, 10:41:32 AM

331663_b51719a5-2_

ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 33 ޕަސެންޓް އިއާދަ ކުރަނިވި ހަކަތަ އަށް ބަދަލު ކުރުމުގެ މަޝްރޫއެއް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިންގަަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް 28ގައި ތަގްރީރުކުރައްވަމުންނެވެ.

ކޮޕް-28ގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަކުރަނި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރަކީ 4 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިލަނޑުދަނޑި ޙާޞިލްކުރުމަށްޓަކައި 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭ ކަމަށާއި މިކަމުގައި ދުނިޔޭގެ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައި ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެ މަސައްކަތް ބިނާވާންޖެހޭނީ ޤައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ޤާއިމްވާން ޖެހޭ ކަމަށާއި، ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖަޢާކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރަން ފެށުމަށް، އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ