logoEN
Sto top
މިއަދު އެކަނިވެސް ޣައްޒާގެ 200 ތަނަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

މިއަދު އެކަނިވެސް ޣައްޒާގެ 200 ތަނަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އައިޝަތު އިފާޝާ

logo

12/1/2023, 9:20:06 PM

Palestine

ޔަހޫދީ އިސްރާއީލުން ފަަލަސްތީނުގެ ޣައްޒާއަށް އަލުން ހަމަލާދޭން ފަށާފައިވާއިރު، މިހާތަނަށް 200 އަށްވުރެ ގިނަ ތަނަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

Wamco

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުން މިއަދު ހެނދުނު ހަމަލާތައް އަލުން ދޭން ފެށި ފަހުން މިހާތަނަށް 109 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އަދި އިސްރާއީލުން އާންމުން ދިރިއުޅޭ އިމާރާތްތަކަށް ދިން ވައިގެ ހަމަލާތަކުގައި ބައެއް އިމާރާތްތަށް ހަލާކުވެ އެތައް ބަޔަކު ވަނީ ކުނިތަކުގެ ދަށުގައި ތާށިވެފައެވެ.

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް އަލުން ހަމަލާދޭން ފަށާފައިވާއިރު، މުޖާހިދުންގެ ތިން ގުރޫޕަކުން ވަނީ އިސްރާއީލަށް ހަމަލާދެމުންދާ ކަމަށް ބުނެފައެވެ.

އެގޮތުން ޔަމަނުގެ ހިޒްބުﷲ ޖަމާއަތާއި ޣައްޒާގެ ހަމާސް ޖަމާއަތް އަދި ޣައްޒާގެ އިސްލާމިކް ޖިހާދުން ވަނީ އިސްރާއީލަށް ހަމަލާތަކެއް ދީފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside