
White Alert
މޫސުން ގޯސްވެ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށެވެ.
އެ އިދާރާއިން ވަނީ އެ ސަރަހައްދަށް މިރޭ 20:00 އިން ފެށިގެން 02:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަދާއި މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކުރާނެއެވެ.
އެގޮތުން އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.