މާލޭ މޭޔަރުކަމުގެ ޕްރައިމަރީއަށް ޕްރޮގްރެސިވް ކޯލިޝަނުން ހުޅުވާލައިފި
އަލްފާ އަލީ
12/1/2023, 5:23:09 PM
big_5EP2UdFtxyWzFCF7P66Ivduts
މާލެސިޓީ މޭޔަރުކަމާއި ސިޓީ ކައުންސިލްގެ 3 ދާއިރާގެ ޕްރައިމަރީއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވަނީ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ މަޤާމެވެ. ހެންވޭރު ދެކުނު ދާއިރާއަކީ އަންހެނުންނަށް ޚާއްސަ ގޮނޑިއެވެ.
މި މަގާމުތަކަށް އެ ކޯލިޝަނުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެންބަރު 30 އިން ފެށިގެން ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ މި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.