logoEN
cocacola
ފުރަތަަމަ މެޗުން މޮޅުވެ، ސުޕަރ ޖެނެރޭޝަން ކުލަބުން ފެށުން ރަނގަޅުކޮށްފި

ފުރަތަަމަ މެޗުން މޮޅުވެ، ސުޕަރ ޖެނެރޭޝަން ކުލަބުން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

12/1/2023, 4:52:05 PM

IMG_20231201_162748

10 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅެވުނު މެޗުގައި 34-14 ގެ ނަތީޖާއަކުން އެންއެސްއޭ ބަލިކޮށް ސުޕަރ ޖެނެރޭޝަން ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގޮސިޔާ

މާލޭ ސިޓީގެ އައުޓްޑޯ ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 14-4 ގެ ނަތީޖާއަކުން ސުޕަރ ޖެނެރޭޝަން ކުލަބު ކުރީގައި އޮވެގެންނެވެ.

undefined

މެޗުގެ ދެވަަނަ ހާފުގައި ސުޕަރ ޖެނެރޭޝަން ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު އިތުރު 20 ލަނޑު ކާމިޔާބުކުރި އިރު އެންއެސްއޭ އަށް މިހާފުގައި ކާމިޔާބުކުރެވުނީ 10 ލަނޑެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 34-14 ގެ ނަތީޖާއަކުން ސުޕަރ ޖެނެރޭޝަން ކުލަބު ކުރީގައި އޮވެގެންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕަރ ޖެނެރޭޝަން ކުލަބުގެ އައިޝަތު އާނާ ފަތުހުﷲ އެވެ.

މިއަހަރުގެ ގައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަންގައި 16 ޓީމު ބައިވެރިވެފައިވާއިރު، މިއީ ސްޕަރ ޖެނެރޭޝަން ކުލަބުން މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ.

އެގޮތުން 2022 ވަނަ އަހަރު ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ވާދަކޮށް ދެވަނަ ބުރުން ޖާގަހޯދިއިރު، މިއަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި އެޓީމުން ވަނީ ކުއާޓާ ފައިނަލުގައި ކުޅެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ