
ހައްޖަށް ގެންދިޔުމުގެ ކަންކަން ތަރައްޤީކުރުމަށް ހައްޖު ކޯޕަރޭޝަނާ އެކު މަޝްވަރާކޮށްފި
GALMlv2bcAAw94B
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމު ކަންކަން އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ހައްޖު ކޯޕަރޭޝަނާ އެކީ މަޝްވަރާކޮށްފި އެވެ.

އިއްޔެ ބޭއްވި މި މަޝްވަރާގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.
ހައްޖު ކޯޕަރޭޝަނަކީ ހައްޖާއި އުމްރާ އަށް މީހުން ގެންދާ ސަރުކާރުގެ ކުންފުންޏެވެ. ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ ބޮޑު ބައި ދެނީ ހައްޖު ކޯޕަރޭޝަނުންނެވެ.
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1000 ކޯޓާ ލިބިފައިވާއިރު އެ އަދަދު 2000 އަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.