
ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ޒަމްޒަމް ފާރިސް: އޭރުވެސް މިހާރުވެސް އުޅެނީ ފްރޭމްކުރަން
zamzam
އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެވޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމައްސަލައިގެ ތުހުމަތު ކުރެވޭ އެ ސްކޫލްގެ ޓީޗަރު ޒަމްޒަމް ފާރިޝް ރައްދުދެއްވައިފިއެވެ.

އަރަބިއްޔާ ސްކޫލްގެ ކިޔަވާ ދަރިވަރުންތަަކަކަށް ޒަމްޒަމް ފާރިޝް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑަރ މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ގެނެސްދީފައިވާ ހަބަރުތަކާ ގުޅިގެން ޒަމްޒަމް ފާރިސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންޑިއާ އައުޓް މައްސަލައިގައިވެސް އުޅުނީ އޭނާ ފްރޭމް ކުރަން ކަމަށާއި، މިހާރުވެސް އުޅެނީ ފްރޭމްކުރަން ކަމަށެވެ.
ޒަމްޒަމް ފާރިސް ކުރި ޕޯސްޓުގައި ވަނީ، ވެރިކަން ބަދަލުވެ އިދާރާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބަދަލުވިނަމަވެސް އެހެން މަގާމުތަކަށް ބަދަލު ނާންނަ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އިންޑިއާ އައުޓު މައްސަލައިގައި ވެސް އުޅުނީ ފްރޭމްކުރަން.ވީކާމިޔާބެއް. މިހާރު ވެސް އުޅެނީ ފްރޭމް ކުރަން. މަތީފަޑި ބަދަލުވިޔަސް ތިރިއޮތީ އަދިއޮތީ ހަމަ އޮތް ގޮތަށް. އިންޝާﷲ ޙަޤީޤަތް ހާމަވާނެ. ފަހަތުގައި ތިބި މީހުންވެސް ހާމަވާނެ. ކެރެންޏާ "މުބާހަލާ" ކުރަން އަންނަންވީ. އެނގިދާނެތާ. - ޒަމްޒަމް ފާރިޝް ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
ދަރިވަރުންތަަކަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ލިބިފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަމްޒަމް ފާރިޝްގެ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ މިމައްސަލައިގެ ތަހުގީގު ފަށައި، ޖިންސީ ފުރައްސާރައާ ކުރިމަތިވި ކަމަށް ބުނާ ދަރިވަރުންގެ ބަޔާންތައް ނަގާފައެވެ.
އޭނާގެ މައްޗަށް ކުރަނީ އަންހެން ދަރިވަރުންނަށް ޖިންސީ ފުރައްސާރަވާ ގޮތަށް ވާހަކަ ދެއްކުމާއި ގުޅުން ބަދަހިކުރުމަށް އެކި ގޮތްގޮތުން މުއާމަލާތް ކުރުމުގެ ތުހުމަތުތަކެވެ. އޭގެ އިތުރުން ބައެއް ފިރިހެން ކުދިންނަށް ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.