
ކެމިކަލް މާއްދާއެއް ފެނިގެން ޕާކިސްތާނުގެ ދިޔާ ބޭސްތަކެއް ރާއްޖޭގައި މަނާކޮށްފި
Capture-12
ޕާކިސްތާންގައި އުފައްދާ ދިޔާ ބޭސްތަކެއްގައި މައްސަލަތަކެއް ހުރުމާ ގުޅިގެން ބޭސްތަކުގެ އެއްވެސް މުއާމަލާތެއް ރާއްޖޭގައި ހިންގުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަނާކުރީ ޕާކިސްތާންގެ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯރެޓަރީސް އިން އުފައްދާފައިވާ ދިޔާ ބޭސްތަކެއް ކަމަށެވެ. އެގޮތުން ބޭސްތައް މަނާކޮށްފައިވަނީ އެ ބޭހުން ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލައިން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީންނާއި، ދުނިޔޭގެ އެހެން ގައުމުތަކުންވެސް އެ ކުންފުނީގެ ދިޔާ ބޭހުގައި މި ދެ ބަވާތުގެ ކެމިކަލް ހިމެނޭ ކަމަށް ނެރުނު އެލާޓާއި ގުޅިގެންނެވެ.
އަދި ރާއްޖޭގެ މާކެޓްގައި ހުރި މި ކުންފުނީގެ ދެ ބޭހަކުންވެސް މި ކެމިކަލް ފެނުމުގެ ސަބަބުން މިހާރު އެ ޕްރޮޑަކްޓްތައް މަނާ ކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައި އެވެ.
ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކަކީ:
އެމްއެފްޑީއޭއިން ބުނީ ފާމިކްސް ލެބޯރެޓަރީސް އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް މިއަދުން ފެށިން ރާއްޖެ އަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި ފާމަސީތަކުގައި ހުރި އެ ކުންފުނީހެ ބޭސްތައް ނަގަން އިލްތިމާސްކުރާ ކަމަށެވެ.