
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން!
44LBbkdGiuR5C7peFKGh
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،6 މިލިއަންއަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އާއި ހަމައަށް މިއަހަރުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،678،639 އަށް އަރާފައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 12.9 ޕަސެންޓުގެެ ކުރިއެރުމެކެވެ.
މި މަހުގެ މިހާތަނަށް 158،450 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރާތްކޮށްފައެވެ. އެގޮތުން މިމަހު ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އެވްރެޖްގޮތެއްގައި 5،464 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ޤައުމުކަމަށްވާ ރަޝިޔާއިން މިހާތަނަށް 191،280 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ދެ ވަނަގައި އޮތް އިންޑިއާއިން މިހާތަނަށް 182،659 ފަތުރުވެރިން ރާއްޖެ އައިސްފައިއެވެ. އަދި ތިން ވަނައިގައި އޮތް ޗައިނާއިން އިން ވަނީ 175،257 ފަތުރުވެރިން އައިސްފައިވެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދަކީ 1.6 މިލިއަން ފަތުރުވެރިންނެވެ. ޓުއަރިޒަމް މިނިސްޓްރީއިން އަންދާޒާ ކުރާ ގޮތުގައި މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށް ލަފާކުރެވެއެވެެ.