logoEN
Sto top
ނަޕޯލީ އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ރެއާލް މެޑްރިޑުން ކަށަވަރުކޮށްފި

ނަޕޯލީ އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ރެއާލް މެޑްރިޑުން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

11/30/2023, 10:35:41 AM

IMG_20231130_103502

ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް ސީގައި ބުދަދުވަހުގެ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ނަޕޯލީ އަތުން މޮޅުވެ ރެއާލް މެޑްރިޑުން ގުރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފި އެވެ.

Wamco

އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑުން މިމެޗު ފެށީ މުހިންމު ހަ ކުޅުންތެރިއަކާއި ނުލައެވެ. އޭގެތެރޭގައި އެޓީމުގެ އެއްނަންބަރު ގޯލްކީޕަރު ޓީބޯ ކޯޓުއާ، ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ, ޑިފެންޑަރު މިލީޓޯ، މިޑްފީލްޑަރު ޗުއެމިނީގެ އިތުރުން ކަމަވިންގާ ފާހަގަކޮށްލެވެއެވެ.

މިމެޗަށް ނިކުތް އިރުވެސް ދެވަނަ ބުރުގެ ޖާގައެއް ރެއާލް މެޑްރިޑުން ކަށަވަރުކޮށްފައިވާ އިރު، މިމެޗުން މޮޅުވެގެން ނަޕޯލީ އަށް ވެސް ދެވަނަ ބުރު ޔަގީންކުރުމުގެ ފުރުސަތު އޮތެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ނަޕޯލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖިއޯވާނީ ސިމިއޯނީ އެވެ.

ނަމަވެސް އޭގެ ދެމިނެޓު ފަހުން ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަގަޅު ފޯމެއްގައި ހުރި ޒުވާން ފޯވާޑް ރޮޑްރީގޯ އެވެ.

ރެއާލް މެޑްރިޑުގެ މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް އެވެ. މިއީ މިސީޒަނުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އެޓީމަށް ކުޅެދިން 16 މެޗުގައި އޭނާ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ނަޕޯލީ އިންނެވެ. އަދި މިހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ރެއާލް މެޑްރިޑުން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު ނިކޯ ޕާޒް އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ހޯސެލޫއެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ރެއާލް މެޑްރިޑް މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ.

މިމެޗުން ބަލިވި ނަޕޯލީ ކުލުނު ފަސް މެޗުން ލިބުނު 7 ޕޮއިންޓާއެކު މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި ޕޯޗުގަލްގެ ބްރަގާ އަތުން މޮޅުވެ ދެވަނަބުރަށް ކޮލިފައިމުގެ ފުރުސަތު އެޓީމަށް އަދިވެސް އެބައޮތެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside