
Ooredoo
އުރީދޫ ގްރޫޕުން، އެ ކުންފުނީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް ތަމްރީން ކުރުމަށް ލާނިންގެ އެކަޑެމީއެއް ލޯންޗުކޮށްފި އެވެ.

އުރީދަޫ ލާނިންގ އެކަޑެމީ (އޫލާ) ނަމުގައި ތައާރަފްކުރި މި އެކަޑަމީއަކީ އެ ގްރޫޕުގެ އެތައް ސަތޭކަ ސްޓޭކް ހޯލްޑަރުންގެ އެހީއާއެކު ތައާރަފްކުރެވުނު އެކަޑެމީއެކެވެ.
މި އެކަޑަމީގެ އަމާޒަކީ އެ ކުންފުނީގައި އިންޓާނަލް ޓެލެންޓް މާކެޓްޕްލޭސް އެއް ގާއިމުކުރުމަށް މުވައްޒަފުންގެ ފަރާތުން ބޭނުންވާ ހުނަރުތައް ތަރައްގީކޮށް، ކުންފުނި ފުޅާކޮށް ކުރިއެރުވުމުގައި ބޭނުންވާނެ ތައުލީމާއި ތަމްރީނުތައް ދިނުމެވެ. އަދި މި އެކަޑަމީން އެ ގްރޫޕުގެ ދަށުން ހިންގަމުން އަންނަ ހުރިހާ ކުންފުނިތަކެއްގެ މުވައްޒަފުންނަށް ތަމްރީނުތައް ދޭނެ ކަމަށާއި، ކޮންމެ ގައުމެއްގައި ވެސް ތަމްރީނުތައް ދޭނީ އެ ގައުމެއްގައި ހުންނަ ކުންފުނިތަކުގެ ބޭނުންތައް ދެނެގަނެ، އެ ބޭނުންތަކަށް އެކަށީގެންވާ ލޯކަލައިޒްޑް ސްޕެޝަލައިޒްޑް ކޯހެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ގްރޫޕުގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު، ފާތިމާ ސުލްތާން އަލް ކުވާރީ ވިދާޅުވީ މިއީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު އިންޑަސްޓްރީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ފައި ހަމަކުރާނެ މުވައްޒަފުންތަކެއް ބިނާކުރާނެ އެކަޑަމީއެއް ކަމަށެވެ.
މި އެކަޑަމީން ތަމްރީނުތައް ދިނުމުގައި މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ އިރު ކޯޗިން އާއި މެންޓަރިން ފަދަ މެތަޑްތައް ބޭނުންކޮށްގެން ވަށައިޖެހޭ ސިސްޓަމެއްގައި ތަމްރީނުތައް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މި އެކަޑަމީން ޑިޖިޓަލް، ޓެކްނޮލަޖީ، ބިޒްނަސް، ޕްރޮކިއުމަންޓް، ފައިނޭންސް، ހިއުމަން ރިސޯސަސް، ލީޑާޝިޕް ޑިވޮލަޕްމަންޓް ފަދަ ކޯސްތަކަކުން އެކަޑަމީގެ ޕްރޮގުރާމުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި އެކަޑަމީގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ޕާޓްނަރުންނާ އެކު ކަމަށް އެ ގްރޫޕުން ފާހަގަކުރެ އެވެ. އަދި މި ކޯސްތަކަކީ ފެންވަރު ރަނގަޅު ކޯސްތަކަކަށް ވާނެ ކަމަށް އެ ގްރޫޕުން ބުނެ އެވެ.