
_131845488_gettyimages-526024762.jpg copy
ދުނިޔޭގެ "އެންމެ ހިތާމަވެރި" އެތުގެ ގޮތުގައި ނަން ދީފައިވާ އެތް ފިލިޕީންސްގެ ޒުލެއްގައި މަރުވެއްޖެއެވެ.

މެނީލާ ޒޫއަށް ޒިޔާރަތްކުރާ ގިނަ ބައެެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މި އެތް މަރުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ.
އެ އެތުގެ ހާލަތާއި މެދު ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަންގާރަ ދުވަހު އެ އެތް މަރުވެފައިވާކަން ހާމަކޮށް މެނީލާގެ މޭޔަރު ހަނީ ލަކުނާ ފޭސްބުކްގައި ވީޑިއޯއެއް ހިއްސާކުރަމުން ބުނެފައިވަނީ، އެ އެތް ދެކިލުމަށް މެނީލާ ޒުލަށް ކުޑައިރު އޭނާ ކުރި ޒިޔާރަތްތަކަކީ އަބަދުވެސް ހަނދާން ހުންނަ އުފާވެރި ހަނދާންތަކެއް ކަމަށެވެ.
ފިލިޕީންސްގެ ކުރީގެ ފަސްޓް ލޭޑީ އިމެލްޑާ މާކޯސް އަށް އެ އެތް ލަންކާ ސަރުކާރުން ހަދިޔާ ކުރީ 1981 ވަނަ އަހަރުއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެމުން ދިޔަ ދުވަސްވަރު މެނީލާ ޒޫ އަކީ ކުޑަކުދިންނަށް ވެކްސިން ދޭ ތަނެއްގެ ގޮތުގައި ވެސް ބޭނުންކުރި ތަނެކެވެ. އޭރު އެތަނަށް އަންނަ ކުޑަކުދިން މުނިފޫހިފިލުވުމުގައި މާލީ ވަނީ އެހީތެރިވެދީފައެވެ.