
މެސީ ސޯޝަލް މީޑިއާ އިން އަންފޮލޯކުރީ ރޮނާލްޑޯއަށް ސަޕޯޓުކުރާތީ: ގަނާޗޯ
IMG_20231129_143037
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސަޕޯޓްކުރާތީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ސޯޝަލް މީޑިއާ އިން އޭނާ އަންފޮލޯކޮށްފައި ވާކަމަށް މެންޗެސްޓާ ޔުނައިޓެޑް ޒުވާން ފޯވާޑް އެލެޖަންޑްރޯ ގާނަޗޯ ބުނިކަމަށް މިޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރިއޯ ފާޑިނަންޑް އާއި ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި "ވައިބް ވިތު ފައިވް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ބުނީ ލިއޮނަލް މެސީ އޭނާ ސޯޝަލް މީޑިއާގައި އަންފޮލޯކުރީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިސްކަން ދޭތީ ކަމަށް އެލެޖަންޑްރޯ ގާނަޗޯ ބުނި ކަމަށެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ފަހުން އާޖެންޓީނާ ކުޅުނު ދެމެޗަށް ނެގި ސްކޮޑްގައި ގަނާޗޯ ހިމަނާފައި ވަނީ މެސީގެ ނުފޫޒުން ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނުއިރު، އާޖެންޓީނާގެ ކޯޗު މީޑިއާގައި އެކަމާއި ބެހޭގޮތުން ބުނީ ގަނާޗޯ ސްކޮޑުގައި ނުހިމެނީ މިވަގުތު އޭނާގެ ފޯމު ދަށްވުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ޔުނައިޓްޑް ލީގުގައި އެންމެ ފަހުން އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ގަނާޗޯ ވަނީ މޮޅު ލަނޑެއް ކާމިޔާބުކުރުމުގެ އިތުރުން ރޮނާލްޑޯގެ ސްޓައިލްގައި އުފާފާޅުކޮށް އޭނާ އަކީ ރޮނާލްޑޯގެ ސަޕޯޓަރެއްކަން ސާބިތުކޮށްދީފައެވެ.
މިކަމުގެ ސަބަބުން އާޖެންޓީނާގެ ގައުމީ ޓީމުގައި ގަނާޗޯގެ މުސްތަގުބަލާއި މެދު ސުވާލު އުފެދިފައި ވީ ނަމަވެސް އެކަމާއި މެދު އޭނާގެ އެއްވެސް ފަރުވާލެއް ނެތްކަމަށާއި، ރޮނާލްޑޯ އަކީ އޭނާގެ ނަޒަރުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާކަމަށް ތަކުރާރުކޮށް ބުނެފައިވާކަމަށް ފާޑިނަންޑް އާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވެ އެވެ.