
Screenshot 2023-11-28 at 22.20.39
މާލޭގައި ފުލުހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 20:19 އެހާކަންހާއިރު ޖަނަވަރީ މަގުން ފުލުހުން ޕެޓްރޯލް ކުރަމުންދިޔަ އިރު މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި މިމައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.