logoEN
cocacola
ހުޅުމާލޭގައި އެކްސިޑެންޓުގައި ޒަޚަމްވި ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ ނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓުގައި ޒަޚަމްވި ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ ނިޔާވެއްޖެ

އައިޝަތު އިފާޝާ

logo

11/28/2023, 8:38:27 PM

New Project (8)

މިދިއަ ހަފްތާ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ނިޔާވެއްޖެއެވެ.

ގޮސިޔާ

ޢުމުރުން 59 އަހަރުގެ އެމީހާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. މި އެކްސިޑެންޓުގައި ދެމަފިރުންގެ ބޮލަށްވެސް ބޮޑެތި އަނިޔާތަކެއްވެފައިވެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރަކުން ތިން ސައިކަލުގައި ޖެހި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން ދެމީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ. އެއީ ނިޔާވި މީހާގެ އިތުރުން އޭނާގެ އަންހެނުންނަށެވެ.

އެމީހުންނަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް އާއިލާއިން އެދިގެން ފަހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން 30 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ