
ތިނަދޫ ސިޓީ "ފުޓްސަލް ފިއެސްޓާ 2023" ގެ މީޑިއާ ޕާޓްނަރަކަށް ގާފު
AF288526-646B-4450-B885-753A4258C689
ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "ފުޓްސަލް ފިއެސްޓާ 2023" ގެ މީޑިއާ ޕާޓްނަރަކަށް ގާފު ހަމަޖައްސައިފިއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ހަމަގެހިގެން ދިޔުމާއި އެކު މުބާރާތުގެ ހަބަރުތައް އެންމެ ތާޒާ ކަމާއި އެކު ގާފުގެ ނޫސް ޕލެޓްފޯމް ކަމަށްވާ ގާފުއޮންލައިނުން ގެނެސްދިަނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ މެޗުތަކުގެ މައުލޫމާތުތާއި ނަތީޖާގެ އިތުރުން މުބާރާތުގެ ފޮޓޯ އެކްސްކުލުއިސިވްކޮށް ގާފުގެ މީސްމީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް ގެނެސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހުވަދޫ ރެކްރިއޭޝަނުން އިންތިޒާމުކޮށްގެން 05 ޑިސެންބަރު 2023 އިން 24 ޑިސެންބަރު 2023 އަށް ތިނަދޫ ސިޓީގައި ބާއްވާ މި މިމުބާރާތުގައި ޖުމްލަ 16 ޓީމު ބައިވެރިވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެން 5 ޓީމާއި ފިރިހެން 11 ޓީމެވެ.
ދެޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 11 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ފަސް ޓިމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭގޮތަށެވެ.