logoEN
cocacola
ލަންކާގެ ސްޕޯޓްސް މިނިސްޓަރަކަށް ޓުއަރިޒަމް މިނިސްޓަރަކުންވެސް ކުރައްވާ ހަރިން ފެނާންޑޯ!

ލަންކާގެ ސްޕޯޓްސް މިނިސްޓަރަކަށް ޓުއަރިޒަމް މިނިސްޓަރަކުންވެސް ކުރައްވާ ހަރިން ފެނާންޑޯ!

އަހުމަދު ޝުރާއު

logo

11/28/2023, 3:24:01 PM

Screenshot 2023-11-27 at 20.46.37

ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމަށް ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ އައްޔަނުކުރައްވައިފި އެވެ.

ގޮސިޔާ

ކުޅިވަރާ ބެހޭ ވަޒީރުކަމުގެ މަގާމަށް އަލަށް އައްޔަން ކުރެއްވުމުގެ އިތުރުން، ހަރިން ފެނާންޑޯ، މިހާރުވެސް ހުންނެވި ޓުއަރިޒަމް އަދި ލޭންޑްގެ ވަޒީރުކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާނެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރުކަމަށް ރަނިލް އައްޔަނުކުރައްވާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ރޯޝަން ރަނަސިންހަ އެގައުމުގެ ރައީސް ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

ރޯޝަން މަގާމުން ދުރުކުރިކަން އިއުލާނު ކުރައްވައި ރައީސް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް އާއި މިނިސްޓަރ އޮފް އިރިގޭޝަންގެ މަޤާމުން ރޯޝަން ރަނަސިންހަ މިހާރުން މިހާރަށް ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ ވަކިކުރެއްވީ ކްރިކެޓް ކުޅިވަރާއި ސްރީލަންކާ ކްރިކެޓް (އެސްއެލްސީ) އާ ގުޅުން ހުރި މައްސަލަތަކާ ގުޅިގެން ރައީސް އާއި ރޯޝަން ރަނަސިންހައާ ދެމެދު ދާދި ފަހުން ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

މިނިސްޓަރު ހަރިން ފެނާންޑޯ ވަނީ މީގެ ކުރިން 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރުކަން ކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ