
ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން އަންނަ ހުކުރު ދުވަހު ހަރަކާތެއް ބާއްވަނީ
F-998iAbAAAE5aT
ޔަހޫދީ އިސްރާއީލުން ފަަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އާބަންކޯއިން އަންނަ ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިހަރަކާތް އެންމެ ފުރަތަމަ ބާއްވަން އޮތް ތާރީޚުގައި ނުބޭއްވުމުގެ ސަބަބުން އާބަންކޯއިން މި ހަރަކާތް ކުރިން ފަސްކުރިއެވެ.
އާބަންކޯއިން ބުނެފައިވާ ގޮތުގައި އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ފޭސް 1 ގެ ރުއްގަނޑު 2 ސަރަހައްދުގައި ކަމަށެވެ.
އާބަންކޯއިން ވަނީ، އެކޯޕަރޭޝަންގެ މުވައްޒަފުންގެ ފަރާތުން ބާއްވާ މި ހަރަކާތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވާފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ގިނަ އަދަދެއްގެ ފައިސާ ވަނީ ހަދިޔާކޮށްފައެވެ.