
އިސްރާއީލުގެ ރައްޔިތުން ނަތަންޔާހޫއާ ދެކޮޅަށް އޭނާގެ ގޭގެ ކުރިމަތީ މުޒާހަރާކުރަނީ
AA-20231125-33024031-33024019-PROTEST_AGAINST_ISRAELI_PRIME_MINISTER_NETANYAHU_IN_JERUSALEM-1700978396 copy
ޔަހޫދީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ ބެންޖަމިން ނަތަންޔާހޫޣެ ގޭގެ ކުރިމަތީގައި އޭނާއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާކުރަން ފަށައިފިއެވެ.

ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް މިދިޔަ މަހުގެ ހަތްވަނަ ދުވަހު ދިން ހަމަލާތަކާއި، ހައްޔަރުކޮށްގެން ގެންދިޔަ ޔަހޫދީން މިނިވަން ކުރުމުގައި ނުކުޅެދިފައިވާ ކަމަށް ބުނެ އިސްރާއީލުގެ ރައްޔިތުން ގެންދަނީ ނަތަންޔާހޫއާއި އޭނާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ނަތަންޔާހޫގެ ގޭގެ ކުރިމަތީގައި މުޒާހަރާ ކުރާ އިސްރާއީލުގެ މީހުުން ބޭނުން ކުރަމުންދާ ބެނާތަކުގައި، އޭނާއަކީ އިސްރާއީލުގެ ދައުލަތަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށް ލިޔެފައިވެއެވެ.
އަދި ބައެއް ބެނާތަކުގައި ނަތަންޔާހޫ އިސްތިއުފާ ދިނުމަށްވެސް ވަނީ ގޮވާލާފައެވެ. އިސްރާއީލުގެ ދިދަތައް ހިފައިގެން ތިބި ބައިވެރިން ނަތަންޔާހޫގެ ގެއާ ގާތަށް ދިއުމަށް ފުލުހުން ހުރަސް އަޅާފައިވެއެވެ.