logoEN
Sto top
މިނިވަންކުރި ފަލަސްތީނުގެ ރައްޔިތުން އަލުން ހައްޔަރުކުރާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

މިނިވަންކުރި ފަލަސްތީނުގެ ރައްޔިތުން އަލުން ހައްޔަރުކުރާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

އައިޝަތު އިފާޝާ

logo

11/24/2023, 11:32:44 PM

New Project (7)

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މިނިވަންކުރި ފަލަސްތީނުގެ 39 ރައްޔިތުން އަލުން ހައްޔަރުކޮށްފާނެ ކަމުގެ އިންޒާރު އިސްރާއީލުގެ އަސްކަރިއްޔާއިން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Wamco

މީގެ އިރުކޮޅެއް ކުރިން ޔަހޫދީން ރަހީނުކުރި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މިނިވަންކުރި ބައެއް މީހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީ އަސްކަރިއްޔާއިން ވަނީ މިނިވަންކޮށްފައިވާ އެހެން މީހުންނަށްވެސް އިންޒާރު ދީފައެވެ.

އެގޮތުން އެމީހުން މިނިވަންވުމުގެ އުފަލުގައި އެއްވެސް ހަރަކާތެއް ބާއްވައި، އެމީހުން ދޫކޮށްލުމުން އެއްވެސް ދިދައެއް އުފުލައިފިނަމަ އަލުން ހައްޔަރު ކުރާނެ ކަމަށެވެ.

ޔަހޫދީންގެ ބަންދުން ދޫކޮށްލި އަންހެނަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ ޖަލުގައި ހޭދަކުރި އަހަރުތަކަކީ ވަރަށްވެސް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ބޭސްފަރުވާއަށް ޔަހޫދީ އިސްރާއީލުން އިހުމާލުވެފައިވާ ކަމަށްވެސް އޭނާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside