logoEN
Sto top
ޔަހޫދީން ރަހީނުކުރި ފަލަސްތީނުގެ 39 މީހަކު ދޫކޮށްލައިފި

ޔަހޫދީން ރަހީނުކުރި ފަލަސްތީނުގެ 39 މީހަކު ދޫކޮށްލައިފި

އައިޝަތު އިފާޝާ

logo

11/24/2023, 9:37:08 PM

2023-11-24T141340Z_738121807_RC2QJ4AC8RD3_RTRMADP_3_ISRAEL-PALESTINIANS-HOSTAGES-1700835884 copy

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޔަހޫދީ އިސްރާއީލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ 39 މީހުން ދޫކޮށްލައިފިއެވެ.

Wamco

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ވިދާޅުވީ އިސްރާއީލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ 39 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީން ރަހީނުކުރި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މިނިވަންކުރި ބައެއް މީހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީ އަސްކަރިއްޔާއިން ވަނީ މިނިވަންކޮށްފައިވާ މީހުންނަށް އުފާ ފާޅުކޮށްފިނަމަ އަލުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ޔަހޫދީންގެ ބަންދުން ދޫކޮށްލި އަންހެނަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ ޖަލުގައި ހޭދަކުރި އަހަރުތަކަކީ ވަރަށްވެސް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ބޭސްފަރުވާއަށް ޔަހޫދީ އިސްރާއީލުން އިހުމާލުވެފައިވާ ކަމަށްވެސް އޭނާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އާއި ދެމެދު ގަތަރު މެދުވެރިވެގެން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ހަމަލާ ދިނުން ޔަހޫދީ އިސްރާއީލުން ހުއްޓާލީ މިއަދު ހެނދުނު 7 ޖެހިއިރު (ޖީއެމްޓީ ގަޑިން 05:00) ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside