logoEN
Sto top
ސްޕެއިން ބަލިކޮށް ސެމީގެ ފުރަތަަމަ ޖާގަ ޖަރުމަނުން ހޯދައިފި

ސްޕެއިން ބަލިކޮށް ސެމީގެ ފުރަތަަމަ ޖާގަ ޖަރުމަނުން ހޯދައިފި

ހަސަން ޝަމްއޫން

logo

11/24/2023, 5:19:18 PM

IMG_20231124_171817

އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ސްޕެއިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ ޖާގަ ޖަރުމަނުން ހޯދައިފި އެވެ.

Wamco

މުބާރާތުގެ ގްރޫޕު އެފްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖަގަ ހޯދި ޖަރުމަނު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން އެމެރިކާ ބަލިކުރުމަށްފަހު އެވެ. އަދި ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން ޖަޕާން ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޖަރުމަނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕެރިސް ބްރަނާރ އެވެ. މިލަނޑާއެކު ޖަރުމަނު ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސްޕެއިނުގެ ގޯލްކީޕަރު ރައުލް ހިމެނޭޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނުން ވާދަކުރަންޖެހެނީ މިއަދު ހަވީރު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބްރެޒިލް އާއި އާޖެންޓީނާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside