
Dr. Mohamed Muizz Inaugural Ceremony
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއަށް ކުރެއްވުމަށް ހަމަޖެހުނު ދަތުރުފުޅު ފަސްކޮށްފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވަނީ ފަސްކޮށްފައެވެ. ނަމަވެސް ދަތުރުފުޅު ފަސްކުރި ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ސައުދީގެ މީޑިއާތަކުން މިދިޔަ އަންގާރަ ދުވަހު ރިޕޯޓްކުރި ގޮތުގައި ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި މުއިއްޒު އިއްޔެ ސައުދީ އަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް މުއިއްޒު ފުރާވަޑައިގެންފައެއް ނުވެ އެވެ.
ސައުދީ ދަތުރަކަށް ރައީސް ތައްޔާރުވެވަޑައިގަންނަވާ އިރު، އެ ގައުމާ އެކީ ވިޔަފާރީގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރަން ހަމަޖެހިފައިވެ އެވެ. އެގޮތަށް ނިންމީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގަ އެވެ.