logoEN
Sto top
އެއްބަސްވުމާ އެއްގޮތަށް ހަމަލާދިނުން ޔަހޫދީން ހުއްޓާލައިފި

އެއްބަސްވުމާ އެއްގޮތަށް ހަމަލާދިނުން ޔަހޫދީން ހުއްޓާލައިފި

އައިޝަތު އިފާޝާ

logo

11/24/2023, 11:45:27 AM

AP23327558589189-1700783364 copy

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އާއި ދެމެދު ގަތަރު މެދުވެރިވެގެން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ހަމަލާ ދިނުން ޔަހޫދީ އިސްރާއީލުން ހުއްޓާލާއިފިއެވެ.

Wamco

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ހަމަލާދިނުން ހުއްޓާލާފައި މި ވަނީ އެއްބަސްވެފައިވާ ގޮތަށް މިއަދު ހެނދުނު 7 ޖެހިއިރު (ޖީއެމްޓީ ގަޑިން 05:00) ގައެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 14،800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. ހަމާސް ޖަމާއަތުން މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަކީ 1،200 އެވެ.

ހަމާސްއާއި ޔަހޫދީ އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމަލާތައް ބަދަލުކުރުން މެދުކަނޑާލާފައިވާއިރު، ކުރިއަށް އޮތް ހަތަރު ދުވަސް ވަންދެން މި އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުންވެސް އަމަލުކުރަން ޖެހޭނެއެވެ.

އެގޮތުން ހަމަލާތައް ހުއްޓާލުމަށްފަހު ދެން އެންމެ ފުރަތަމަ ހަމާސްގެ ހައްޔަރުގައި ތިބި ޔަހޫދީންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 13 މީހުން ދޫކޮށްލަން ޖެހޭނެއެވެ. އެމީހުން ދޫކޮށްލުން އޮންނާނީ މިއަދު ހަވީރު 04:00 ގައެވެ.

އަދި ދޫކޮށްލާ މީހުން ރެޑްކްރޮސްގެ ބެލުމުގެ ދަށުން ރަފާ ބޯޑަރަށް ގެންގޮސް އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލުކޮށް އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރެވޭނެއެވެ. އޭގެ ފަހުގައި އެމީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ޖިސްމާނީ އަދި ނަފްސާނީ ޓެސްޓުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ރަހީނުކޮށްފައި ތިބި ފަލަސްތީނުގެ 39 މީހުން މިއަދު ދޫކޮށްލަން ޖެހޭނެއެވެ.

އެ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ދެ ޖަލަކުންނެވެ. އެއީ ހައިފާގެ އިރުދެކުނުން އޮންނަ ޑޭމަން އާއި މެގިޑޯ އިންނެވެ. އެއަށްފަހު ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ ދެކުނުގައި އޮންނަ އޮފަރ ޖަލަށް ގެންގޮސް އެތަނުގެ ކައިރީގައި އޮންނަ ކްރޮސިންއަކަށް ގެންގޮސް އާއިލާތަކާ ހަވާލުކުރާނެއެވެ.

އަދި ކުރިއަށް އޮތް ގަޑިތަކުގައި މިސްރުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ގިނަ އަދަދެއްގެ ޓްރަކްތައްވެސް ޣައްޒާއަށް އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާރު ބައެއް ޓްރަކްތައް ޣައްޒާއަށް ވަނީ އެތެރެވެފައެވެ.

ހަމާސް އިން ބުނީ ދުވާލެއްގެ މައްޗަށް 200 އެހީދޭ ޓްރަކާއި އިތުރު ތެޔޮ ޓްރަކް ޣައްޒާއަށް ވަންނާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside