
ޔަހޫދީން ފަލަސްތީނުގެ އުމުރުން 12 އަހަރުގެ ކުއްޖެއްގެ މެޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި
breaking ބްރޭކިންގް
ޔަހޫދީ ޖައްބާރު ސިފައިން ފަަލަސްތީނުގެ އުމުރުން 12 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

މުހައްމަދު އިބްރާހިމް ފުއާދު ގެ ގަޔަށް ޔަހޫދީ ޖައްބާރު ސިފައިން ބަޑިޖަހާފައިވަނީ ނަބްލޫސް ކައިރީގައި އޮންނަ ބެއިޓާ އަވަށުގައި ހަތިޔާރު އެޅި އިސްރާއީލު ސިފައިންނާއި، ފަަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައެވެ. ޔަހޫދީ ސިފައިން ބަޑިޖަހާފައިވަނީ އޭނާގެ މެޔަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުހައްމަދު އިބްރާހިމް ފުއާދުގެ ގަޔަށް ޔަހޫދީ ސިފައިން ބަޑިޖެހުމާއި ގުޅިގެން އެސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައި އޭނާ ޝަހީދުވެފައިވާ ކަމަށެވެ.
މިއާއެކު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖުމުލަ އަދަދު 229 އަށް އަރާފައިވާއިރު އޭގެ ތެރެއިން 52 ކުޑަކުދިން ހިމެނެއެވެ.