logoEN
Sto top
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 14،800 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 14،800 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

11/24/2023, 12:52:33 AM

41_2023-638343863361252223-125

ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 14،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.

Wamco

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މިރޭ ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެގައުމުގެ ގަޑިން އިރުއޮއްސި 6 އާއި ހަމައަށް ޝަހީދުވިމީހުންގެ އަދަދު ވަނީ 14.854 އަށް އަރާފައި އެވެ.

އޭގެ ތެރޭގައި 6،000 އަށްވުރެ ގިނަ ކުޑަކުދިންނާއި 4،000 އަންހެނުން ހިމެނޭ ކަމަށެވެ.

އަދި 36،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެސް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި 7،000 އަށްވުރެެ ގިނަ މީހުން ތާށިވެފައި ތިބި ކަމަށާއި، އޭގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން ސަރުކާރުން ބުނީ ޣައްޒާގައި 46،000 ރެސިޑެންޝަލް ޔުނިޓް ހަލާކުވެ، 234،000 އަށް ވުރެ ގިނަ އިމާރާތްތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޣައްޒާގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށްވެސް ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ.

ޔަހޫދީން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަަނަ ދުވަހުން ފަށައިގެން ހުއްޓުމެއް ނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ މިހާރު ނިންމާފައި އެވެ. އެގޮތުން ހަމަލާ ބަދަލުކުރުންތައް ހުއްޓާލަން ނިންމާފައިވަނީ ޣައްޒާގެ ގަޑިން ހެނދުނު 07:00 އިން ފެށިގެން 4 ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ޔަހޫދީ އިޒްރޭލާއި ޣައްޒާގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާއި ގައިދީން ބަދަލުކުރަށް ވެސް ވަނީ އެއްބަސްވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside