
Processed with VSCO with g3 preset Processed with VSCO with g3 preset
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކޮށްފި އެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ވަގުތީ ރައީސްކަމަށް އައްޔަނުކުރީ މިރޭ އުކުޅަހުގައި އެމްޑީޕީއީން ކުރިޔަށް ގެންދަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެވެ.
އެގޮތުން ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 47 މެމްބަރަކު ވަނީ ރައީސް ސޯލިހު އެމަގާމަށް ގެނައުމަށް ވޯޓު ދެއްވާފައެވެ.
ނަމަވެސް މި ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިނުގަންނަވައެވެ.
އެމްޑީޕީން ބުނި ގޮތުގައި ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ބާއްވާނެއެވެ. އަދި އެޕާޓީގެ މަސައްކަތްތައް ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރުކުރަވާލުމަށް ވަނީ ނިންމާފައި އެވެ.