
ކޮލަމްބޯގެ ބައެއް ސަރަހައްދުތަކުން މާދަމާ 16 ގަޑިއިރަށް ފެން ކެނޑޭނެ!
1571399672-18-hour-water-cut-for-Colombo-tomorrow-L
މާދަމާއިން ފެށިގެން ހޮނިހިރު ދުވަހު ނިޔަލަށް ލަންކާގެ ވެރިރަށް ކޮލަމްބޯގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް 16 ގަޑިއިރަށް ކެނޑޭނެ ކަމަށް އެގައުމުގެ ނޭޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރޭނޭޖް ބޯޑު (އެންޑަބްލިއުއެސްޑީބީ) އިން ބުނެފި އެވެ.

އެންޑަބްލިއުއެސްޑީބީ އިން ބުނީ 16 ގަޑިއިރަށް ފެނުގެ ހިދުމަތް ކެނޑިގެންދާނީ ކޮލަމްބޯގެ 5 ސަރަހައްދަކުން ކަމަށެވެ. އެއީ ކޮލަމްބޯ 11 ، 12، 13 ،14 އަދި 15 އިން ކަމަށެވެ.
ވޯޓާ ބޯޑުން ބުނީ ފެން ކަނޑާލުމަށް އަމަލު ކުރަމުން ދަނީ އަމްބަތާލޭ ވޯޓާ ޕިއުރިފިކޭޝަން ޕްލާންޓްގެ މެއިންޓެނެންސްގެ ޒަރޫރީ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
ފެނުގެ ހިދުމަތް މެދުކެނޑޭނީ މާދަމާ ލަންކާ ގަޑިން ހަވީރު 05:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އާއި ހަމައަށެވެ. ނަމަވެސް ކުރަން ހަމަޖެހިފައިވާ މަސައްކަތް ނިމުނުހާ އަވަހަކަށް ފެނުގެ ހިދުމަތް ދޭނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.
ލަންކާއިން މިފަދަ ކަންކަމަށް ވަރަށް ގިނައިން ފެނުގެ ހިދުމަތްތައް މެދުކަނޑާލައެވެ.