
Palestine
މިދިޔަ މަހު ހަތްވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް ލުބުނާނުން ދިން އެންމެ ވަރުގަދަ ހަމަލާގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ އާމީ ރޭޑިއޯއިން ބުނި ގޮތުގައި އުތުރުގައި އޮންނަ އަޕަރ ގަލީލްގެ އަވަށްތަކަށް ގާތްގަނޑަކަށް 50 ހަމަލާ ދީފައިވާކަމަށެވެ.
އަދި ލުބުނާނުގެ ބޯޑަރު ކައިރީގައިވާ މަނާރާ ސަރަހައްދުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމުގެ މައުލޫމާތެއް ޔަހޫދީ އިސްރާއީލުން ހާމަކޮށްފައިނުވެއެވެ.
ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ވަނީ، އިސްރާއީލުގެ ދައިރާ އާއި ޖަލް އަލް އަލަމް ސަރަހައްދުގައި އިސްރާއީލުގެ ސިފައިންގެ ދެ ޖަމާއަތަކަށް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ބުނެފައެވެ.
އަދި ސަފީދު ސިޓީގައި ހުންނަ އީން ޒީތިމް އަސްކަރީ މަރުކަޒަށް ވެސް ހަމަލާދީފައިވާ ކަމަށް ހިޒްބުﷲ ގެ ބަޔާނުގައި ވެ އެވެ.