logoEN
Sto top
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ފުރަތަމަ ގުރޫޕު އަންނަ އަހަރު ފޮނުވަނީ!

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ފުރަތަމަ ގުރޫޕު އަންނަ އަހަރު ފޮނުވަނީ!

އަހުމަދު ޝުރާއު

logo

11/23/2023, 4:38:40 PM

Screenshot 2023-11-23 at 16.37.29

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ފުރަތަމަ ގްރޫޕު އަންނަ އަހަރުގެ ތެރޭގައި ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފި އެވެ.

Wamco

މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެ ރިޔާސީ ވަޢުދުގައި 5 އަހަރުތެރޭ ދައުލަތުގެ އެހީގަ އެއް ހާސް މީހުން ހައްޖަށް ފޮނުއްވާނެ ކަމަށް ކަނޑައަޅުއްވާފައިވުމާ އެކު، އަންނަ އަހަރުގެ ހައްޖު މޫސުމުގައި ފުރަތަމަ ގްރޫޕުގެ މީހުން ހައްޖަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

View post on Twitter

އަދި ސައުދީ ސަރުކާރުން ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން ފޮނުވާނެ އަދަދަދު އިއުލާންކުރެވޭނެ ކަމަށާއި މި ޕްރޮގްރާމުގެ ދަށުން ހައްޖަށް ސަރުކާރުގެ ފުރިހަމަ އެހީގައި ދެވޭނެ މީހުން ކަނޑައަޅާ އުޞޫލު ވަރަށް އަވަހަށް އިއުލާންކުރާނެ ކަންވެސް ޝަހީމް ވަނީ ހާމަކުރައްވާފައެވެ.

ދައުލަތުގެ އެހީގައި 1000 މީހުން ހައްޖަށް ފޮނުވުމަކީ ކެމްޕޭން ތެރޭގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside