logoEN
Sto top
 ހުޅުމާލޭގައި ތަރައްްޤީކުރާ ވަޤުފު ބިލްޑިންގ ގެ ބިންގާ އަންނަ ޖަނަވަރީ މަހު އެޅިގެންދާނެ - ޝަހީމް

ހުޅުމާލޭގައި ތަރައްްޤީކުރާ ވަޤުފު ބިލްޑިންގ ގެ ބިންގާ އަންނަ ޖަނަވަރީ މަހު އެޅިގެންދާނެ - ޝަހީމް

އަހުމަދު ޝުރާއު

logo

11/23/2023, 5:17:51 PM

big_4jyOKDw7jTOGfaALaoyhDXNql

މިސްކިތު ފަންޑުން ތަރައްޤީކުރާ ދެވަނަ ވަޤުފު އިމާރާތުގެ ބިންގާ އަންނަ ޖަނަވަރީ މަހުގެ ތެރޭގައި އެޅިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Wamco

ޝަހީމް މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ވައުދުގެ ތެރޭގައި މިސްކިތްތަކުގެ ފަންޑު އިތުރުކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާތީވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު ބިލްޑިންގ ގެ ބިންގާ އަންނަ ޖަނަވަރީ މަހުގެ ތެރޭގައި އެޅިގެންދާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ މި އިމާރާތް ތަރައްޤީކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ.

މިހާރު ޤާއިމު ކުރެވިފައިވާ ވަޤުފު ފަންޑު ބިލްޑިނގ (ދާރުލްއީމާން) އިން އަހަރު 6 މިލިއަންހާ ރުފިޔާ ފަންޑަށް ވަންނަމުން ދާކަމަށާއި މިފައިސާ ޚަރަދުކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ޙާލަތު ރަނގަޅުކުރުމަށް ކަމަށް ޝަހީމް ވަނީ ހާމަކުރައްވާފައެވެ.

View post on Facebook

މާލެ ރަސްފަންނު ސަރަހައްދުގައި ރައީސް ޔާމީންގެ ސަރުކާރުން ދާރުލްއީމާންގެ ނަމުގައި ޚާއްސަ ވަޤުފު އިމާރާތެއް ތަރައްޤީކޮށްފައިވެއެވެ. އަދި އެ އިމާރާތުގެ އެކި ފަންގިފިލާތައް ކުއްޔަށް ދީފައިވާއިރު ދައުލަތައް އިމާރާތުގެ ކުލީގެ ގޮތުގައި ގިނަ އަދަދެެއްގެ ފައިސާ ލިބެމުން ދެއެވެ.

ހުޅުމާލޭގައި ވަޤުފު އިމާރާތެއް ހެދުމުގެ މަސައްކަތް ފެށުމަށް ކުރީ ސަރުކާރުންވެސް ތައްޔާރުވިއެވެ. އަދި އެއިމާރާތަށް ބޭނުންވާ ބިންވެސް އޭރު ވަނީ އިސްލާމިކް މިނިސްޓްރީއާއި ހަވާލުކޮށްފައެވެ.

ރާއްޖޭގެ މިސްކިތްތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓާ މަރާމާތު ކުރުމަކީ މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside