
ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޔަހޫދީން ހައްޔަރުކޮށްފި
Screenshot 2023-11-23 at 13.11.15
ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ހޮސްޕިޓަލުގެ ޗީފް އޮފް ޑިޕާޓްމަންޓް ޚާލިދު އަބޫ ސަމްރާ އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑޮކްޓަރު މުހައްމަދު އަބޫ ސަލްމިއާ އާއި އިތުރު ބައެއް ސީނިއާ ޑޮކްޓަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިޒްރޭލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ވެސް ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.
އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ އަލް ޝިފާ ހޮސްޕިޓަލަކީ ހަމާސް ޖަމާއަތުން ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށް ތުހުމަތުކޮށް އެހޮސްޕިޓަލު އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މަހުގެ ތެރޭގައި އިސްރާއީލު ސިފައިންގެ ފަރާތުން އެ ހޮސްޕިޓަލުގައި ލާއިންސާނީ އެތައް އަމަލުތަކެއް ފެނިގެން ދިޔައިރު، އެމީހުން ވަނީ ހޮސްޕިޓަލަުގެ މެޑިކަލް ކޮމްޕްލެކްސް ވަށާލައި ބަލައި ފާސްކޮށްފަ އެވެ.
އަލްޝިފާ ހޮސްޕިޓަލު ހުންނަނީ ޣައްޒާ ސަރުކާރުގެ އިދާރީ އިދާރާތަކުގެ މެދުގައިއެވެ.